މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައި އާންމުކޮށް އިއުލާނުކޮށްފިއެވެ.

Ads by Asuru
ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައާ ގުޅިގެން ހޯދަނީ މއ. މަލިކުރުވާގޭ އަބްދުﷲ ސާޖިއު ހަސަން، 25، އެވެ.
ފުލުހުން ބުނީ އޭނާ އަކީ ތަހުގީގަށް ހާޒިރު ކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައި ނުވާތީ އާއި އާއިލާއަށް ވެސް އުޅޭ ވަކި ތަނެއް އެނގިފައި ނުވާ މީހެއް ކަމަށެވެ.

ސާޖިއު ފުލުހުންގެ މައި އިދާރާއަށް ހާޒިރުވާން ޖެހެނީ މި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.