އައްޑޫގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަންކުރައްވައިފިއެވެ.
ޔަސްރިފަށް މިދިޔަ ހަފްތާގެ ތެރޭގައި ދީފައިވަނީ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމެެވެ. ޔަސްރިފް އެންމެ ފަހުން ހުންނެވީ އައްޑޫ ސިޓީ ކައުންސިލްގެ ޑިރެކްޓަރެއްގެ މަގާމުގައެވެ.
ޔަސްރިފަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފައި މިވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދުގެ ވާދަވެރިކަން ބޮޑުވެފައި ވަނިކޮށެވެ.