ހުޅުމާލޭ ރެޑްބުލް ޕާކު ހިމެނޭ ސަރަޙައްދުގެ އަތިރިމަތިން އިންސާނެއްގެ ކަށިތަކެއްކަމަށް ބެލެވޭ ކަށިތަކެއް ފެނިއްޖެއެވެ.

Ads by Asuru

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ ހުޅުމާލޭ ރެޑްބުލް ޕާކު ހިމެނޭ ސަރަޙައްދުގެ އަތިރިމަތިން އިންސާނެއްގެ ކަށިތަކެއްކަމަށް ބެލެވޭ ކަށިތަކެއް ފެނިފައިވާކަމުގެ މަޢުލޫމާތު އިއްޔެ ހަވީރު 17:38 ހާއިރު ލިބިފައިވާކަމަށެވެ.

އަދި އެ ކަށިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ފުލުހުން ބުނެއެވެ.

އެހެންނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ދީފައެއް ނުވެއެެވެ.