ލޯކަލް ކައުންސިލްތަކުން ހަދަންޖެހޭ ލޭންޑް ޔޫސް ޕްލޭންތައް ހެދުމުގައި އިންޑިއާގެ މާލީ އެހީތެރިކަން ހޯދަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފިއެވެ.

Ads by Asuru

އެލްޖީއޭ އިން ބުނީ ލޭންޑް ޔޫޒް ޕްލޭން ހެދުމަށް ފަންނީ މީހުން އެކަށީގެންވާ އަދަދަކަށް ރާއްޖޭގައި ނެތް ކަމަށެވެ.

އެހެންކަމުން، މިކަމުގައި އިންޑިއާގެ މާލީ އަދި ފަންނީ އެހީ ހޯދަން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި، އެގައުމުގެ އެހީ ލިބޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ކައުންސިލްތަކުން ހުވާކުރާތާ ތިންމަސް ތެރޭގައި ކައުންސިލްތަކުން ލޭންޑް ޔޫޒް ޕްލޭން ހަދައި ހުށަހަޅަންޖެހެއެވެ.

ގާނޫނުގައި އެކަން ކުރަން ވަކި ގޮތްތަކެއް ހަމަޖައްސާފައިވާއިރު ކޮވިޑް-19 އާ ގުޅިގެން އެލްޖީއޭ އިން ވަނީ ޕްލޭން ނިންމަން ތިން މަހުގެ އިތުރަށް ވެސް މުއްދަތު ދީފައެވެ.