ކްރެޑިޓް ކާޑުގެ ބަދަލުގައި އުރީދޫ މޯލްޑިވްސްގެ މޮބައިލް ބެލެންސް ބޭނުންކޮށްގެން ކާރްތީ ސްޓޯރުން ގިފްޓް ކާޑް އާއި ގޭމިން ކޯޑުތައް ގަނެވޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
އުރީދޫން މިއަދު ބުނީ އުރީދޫ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކެރެޑިޓް/ޑެބިޓް ކާޑާ ނުލައި އައިޓިއުންސް، ނެޓްފްލިކްސް، އެމޭޒަން، ޕްލޭސްޓޭޝަން، އެކްސްބޮކްސް ފަދަ އޮންލައިން ގޭމިން އަދި އީކޮމާސް ޕެލެޓްފޯމްތަކުގެ ގިފްޓް ކާޑް، ކާރްތީ ސްޓޯރު މެދުވެރިކޮށް ގަނެވޭނެ ކަމަށެވެ.
އުރީދޫން ބުނީ ކާރްތީއާއެކު ވެފައިވާ ޕާޓްނާޝިޕްގެ ދަށުން ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ބިލުގައި ހިމަނާގޮތަށް އަދި ޕްރީޕެއިޑް ކަސްޓަމަރުންގެ މޯބައިލް ބެލެންސްގައި ހުރި އަދަދަކުން ކާރްތީ ސްޓޯރުން ތަކެތި ގަތުމަށް ބޭނުން ކުރެވޭނެ ކަމަށެވެ.
އުރީދޫ މޮބައިލް މެދުވެރިކޮށް ކާރްތީ ސްޓޯއިން ކާޑް ގަތުމަށް:
- ބޭނުންވާ ގިފްޓް ކާޑް ހިޔާރު ކުރޭ
- ގައުމުގެ ގޮތުގައި މޯލްޑިވްސް ހިޔާރުކުރޭ
- މޯބައިލް އޮޕަރޭޓާގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހިޔާރުކުރޭ
- މޯބައިލް ނަންބަރު ޖެހުމަށްފަހު ޕާޗޭސް އަށް ފިއްތާލާ
- ޕާޗޭސް ފުރިހަމަ ކުރެވުނުކަން ޔަގީން ކުރުމަށް ޕިން ނަމްބަރެއް މޯބައިލް ފޯނަށް ލިބިގެންދާނެ
- ޕިން ނަންބަރު ޖަހައި ކޮންފާމަށް ފިތާލާ
- ޕިން ނަންބަރު ރަނގަޅަށް ޖެހުމަށްފަހު ގަތް ކާޑު ”މައި ކާޑްސް“ އިން ފެންނާނެ
ކާރްތޯ ސްޓޯރަށް ސައިންއަޕް ކުރުމަށް:
- www. kartistore.com އަށް ޒިޔާރަތްކޮށްލާ
- ރެޖިސްޓާ ކުރުމަށް ސައިންއަޕް ލިންކަށް ފިއްތާލާ
- ރެޖިސްޓްރޭޝަން ފުރިހަމަކުރުމުން އެކްޓިވޭޓް ކުރުމަށް ލިބޭ އީމެއިލް ގައިވާ ލިންކަށް ފިއްތާލާ
- އެކައުންޓް އެކްޓިވޭޓް ކުރުމުން ކާރްތީ ޕްލެޓްފޯމަށް ލޮގިން ކުރެވޭނެ