ވެރިރަށް މާލޭގެ މާފަންނުގައި ހުންނަ އީވްނިން ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެެވެ.

Ads by Asuru

އެމްއެންޑީއެފް އިން ބުނި ގޮތުގައި އަލިފާން ރޯވެފައިވަނީ އިވްނިން ކެފޭގެ ބަދިގޭގައެވެ. މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިއަދު އިރުއޮއްސި 6:12އެވެ.

މި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާއިރު، ހާދިސާގެ ސަބަބުން ދުމުގެ އަސަރު ކުރި ބައެއް މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސް، ފަރުވާ ދީފައެވެ.