މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ކެމްޕެއިން އަންނަ މަހު ފެށުމަށް ނިންމައިފިއެވެ.

Ads by Asuru

އުމަރު ވިދާޅުވީ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚު އިޢުލާން ކުރުމާ ގުޅިގެން، އޭނާގެ ރިޔާސީ ކެމްޕެއިން ފެށުމުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ރޭ 9:00 ގައި ސަލްޓަންޕާރކް ގައި އޮންނާނެ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަތަކާ، ގޭންގު ކުށްތައް އިތުރުވުން ފަދަ ރާއްޖެއަށް ދިމާވެފައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކޮށް، ރާއްޖެ މުޅިން އާ މިސްރާބަކަށް ގެންދިއުމަށް އޭނާއާއެކު ކުރިއަށް ހިންގެވުމަށް އުމަރު އެދިވަޑައިގަންނަވައެވެ.