މި އަހަރުގެ ”ރެހެންދި އެވޯޑް“ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Asuru

މިކަމާ ގުޅޭގޮތުން ޖެންޑަރ މިނިސްޓްރީން ބުނީ މި އަހަރުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 13 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މި އެވޯޑަށް މި އަހަރު ކުރިމަތިލެވެނީ 3 ދާއިރާއަކުންނެވެ. އެއީ ވަކިވަކި އަންހެނުންނަށާއި ޖަމްއިއްޔާ/ ޖަމާއަތްތަކަށް އެވޯޑަށް ހުށަހެޅޭ ދާއިރާ އާއި އިންސްޓިޓިއުޝަނަލް ޖެންޑަ މެއިންސްޓްރީމިންގެ އިތުރުން އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުން އެވޯޑަށް ހުށަހެޅޭ ދާއިރާއެވެ.

”ރެހެންދި އެވޯޑް“ ގެ މަގުސަދަކީ ގައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ރާއްޖޭގެ ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރާއި، މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމްއިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު، ގައުމީ ފެންވަރެއްގައި ވަޒަންކުރުމެވެ.