ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެނބުރި މާލެ ވަޑައިގަންނަވައިފިއެވެ.

Ads by Asuru

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި އައްޑޫއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ސޯލިހު މާލެ ވަޑައިގެންނެވީ މިރޭގެ ވަގުތެއްގައެވެ.

ރައީސްގެ ދަތުރުފުޅުގައި އައްޑޫގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާފައިވެއެވެ.

ރައީސް ސޯލިހު އައްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފައި މިވަނީ ރައީސްގެ ދައުވަތަކަށް މިއަދު ރާއްޖެ ވަޑައިގެންނެވި ކެމްބޯޑިއާގެ ބޮޑުވަޒީރާ އެކު މިއަދު ރަސްމީ މަޝްވަރާތައް ފެއްޓެވުމަށެވެ.