ހައިކޯޓަށް ފަނޑިޔާރަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.

Ads by Asuru

މި މަގާމަށް ކުރިމަތިލާން ޝައުގުވެެރިވާ ފަރާތްތަކަށް މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރަ އަކީ 36،000 ރުފިޔާއެވެ. އަދި ފަނޑިޔާރުންނަށް ލިވިންގ އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާގެ ރިސްކް އެލަވަންސްގެ ގޮތުގައި 3،300ރ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސްގެ އިތުރުން ފޯނު އެލަވަންސް ލިބޭނެއެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރު ކަމަށް ކުރިމަތިލެވޭނީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުލުކޮށްފައިވާ އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށް ކަމަށެވެ.