މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުގެ ނަމުގައި އަނެއްކާވެސް އެކި ފަރާތްތަކަށް މެސެޖްތަކެއް ކުރަމުންދާތީ ސަމާލުވުމަށް މޭޔަރު އެދިވަޑައިގަންނަވައިފިއެވެ.
މުއިއްޒު ވިދާޅުވީ މޭޔަރުގެ އަމިއްލަ ފޯނު ނަމްބަރު ބޭނުންކޮށްގެން އެސްއެމްއެސް އަދި ވައިބަރ މެސެޖްތައް އެކި ފަރާތްތަކަށް ފޮނުވަމުންދާ ކަމަށެވެ.
މި ފަހަކަށް އައިސް މިގޮތަށް މެސެޖްތަޖެއް ދައުރުވާތީ މުއިއްޒު ވަނީ މީގެ ކުރިންވެސް މިކަން ސަމާލުކަމަށް ގެންނަވާފައެވެ.
މޭޔަރު އިއްޔެ ވިދާޅުވީ އަނެއްކާވެސް އާދިއްތަ ދުވަހު މިފަދަ މެސެޖްތަކެއް ދައުރުވަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިފަދަ ކަންކަމަށް ސަމާލު ވުމަށާއި އެފަދަ މެސެޖެއް ލިބިއްޖެ ފަރާތެއްނަމަ އޭނާގެ އަރިހުން ލަސްނުކޮށް އެކަމުގެ ހަގީގަތް އެއްސެވުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.