ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ލިބިފައިވާ ޖަވާހިރެއް ކަމަށާއި، އެ ޖަވާހިރު ދޫކޮށް ނުލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެެވެ.

Ads by Asuru

އެމްޑީޕީގެ ފަރާތުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގައި އައްޑޫ ސިޓީ މީދޫގައި ބޭއްވި ޖަލްސާގައި، މި އިންތިހާބުގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ ރޮޒައިނާ ވިދާޅުވީ އެމްޑީޕީ ކުރިއަށްދާނީ އެމަނިކުފާނާ އެކުގައި ކަމަށާއި، ފަހަތަށް ޖެހުމެއް ނެތް ކަމަށެވެ.

އަދި ރައީސް ސޯލިހަކީ މީދޫ ރައްޔިތުންނަށް ލިބުނު ޖަވާހިރެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ. ރޮޒައިނާ ވަނީ މީދޫގެ އެމްޑީޕީގެ މެމްބަރުންގެ ވޯޓު ލިބޭނީ ރައީސް ސޯލިހަށް ކަަމަށްވެސް ވިދާޅުވެފައެވެ.

ރައީސް ސޯލިހު ވެރިކަމަށް  ވަޑައިގަތުމުން، މީދޫގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުނުއިރު، މީދޫއާ ހުޅުމީދޫ ކުރިން އޮތީ ބާކީ ވެފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.