އެން ހިފަން ނުކުމެ އުޅުނު ދޯންޏެއް ފަޜަށް އަަރައި، އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދެއްވައިފިއެވެ.

Ads by Asuru

އެމްއެންޑީއެފުން ވިދާޅުވީ، ”ރޭވަން“ ނަމަކަށް ކިޔާ މި ދޯންޏަށް، އެހީތެރިކަން ފޯރުކޮށްދީފައިވަނީ މ.މަޑުއްވަރީ ފަރަށް އަރައިގެން ކަމަށެވެ.

މި ޙާދިސާގެ ރިޕޯޓް  އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބިފައިވަނީ، ރޭ 10:40 ހާއިރުއެވެ. މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާއެކުގައި، ސެންޓްރަލް އޭރިއާ ކޯސްޓްގާޑްގެ ތާޑް ސްކޮޑްރަންއިން ވަގުތުން ވަނީ އެހީތެރިވާން ފަށައިފައެވެ. އަދި ރޭ ވަނީ އެ ދޯނި ފުން ކުރުމުގެ މަސައްކަތްވެސް ފަށައިފައެވެ.

އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި، 40 ފޫޓުގެ އެ ދޯނީގައި ނުވަ މީހުން ތިއްބެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް މަޢުލޫމާތު ލިބެއެވެ.