ކުޑަކުއްޖަކާއި އެކު ގަދަކަމުން ޖިންސީ ގުޅުން ހިންގައި، އެ ކުއްޖާގެ އޮރިޔާންކާޑު އުފެއްދި މީހަކު 40 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ.

Ads by Asuru

ލ. ކަލައިދޫއަށް ނިސްބަތްވާ މި މިހާއާއި ދެކޮޅަށް ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅީ 2018 ވަނަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހުއެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ކަލައިދޫ ދަނޑުބިން ސަރަހައްދު ވަލުތެރެއަށް ގެންގޮސް ގަދަކަމުން ޖިންސީ ގުޅުން ހިންގައި، ކުއްޖާގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ ނެގުމުގެ ދައުވާއެވެ.

މިގޮތުން އޭނާގެ މައްޗަށް ވަނީ ރޭޕްގެ ކުށާއި، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ކުށް ސާބިތުވެފައެވެ.

ރޭޕް ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން މިއަދު ވަނީ އޭނާގެ މައްޗަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ އަދަބުގެ ގޮތުގައި 20 އަހަރަށް އޭނާ ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.