ވިލިމާލޭގައި ބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ބަސްތައް  ވަގަށް ގެނެސްފައިވާ  މައްސަލަ ފުލުހުންނަށާއި އެލްޖީއޭއަށް ހުށަހަޅައިފިއެވެ.

Ads by Asuru
މާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ބަގީގެ ހިދުމަތް ދޭން ތައްޔާރުވެފައި ވަނިކޮށް ސަރުކާރުން ބަހުގެ ޚިދުމަތް ފެށުމަށް ވިލިމާލޭއަށް ބަސްތައް ގެންގޮސްފައިވާއިރު، މިކަމާ ސިޓީ ކައުންސިލުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އެމްޓީސީސީން ބަސްތައް ގެނައީ ގަވައިދާ ހިލާފަށް ކަމަށާއި މިކަން ފުލުހުންނާއި އެލްޖީއޭގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

”ކައުންސިލުގެ ހުއްދައެއް ހޯދުމަކާ ނުލާ ގަވާއިދާ ޚިލާފަށް، ވަގަށް، ރޭ ދަންވަރު ވިލިމާލެއަށް ބަސްތަކެއް އަރުވާފައި. މިކަން ‎ޕޮލިހުންގެ ސަމާލުކަމަށް އަދި ‎އެލްޖީއޭގެ ގެ ސަމާލުކަމަށް ވާނީ ގެނެސްފައި. ޕާޓީގެ އެތެރޭގެ ޕްރައިމަރީއަށް ނުފޫޒު ފޯރުވުމަށް ޤާނޫނުތައް މުގުރާލުން އިންތިހާގައި!“ މުޢިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ޚިޔާލު ހޯދައިގެން މިކަން ކުރިއަށްގޮސް ހަމަޖެހެނިކޮށް ސަރުކާރުން ވިލިމާލޭގައި ބަހުގެ ޚިދުމަތްދޭން ނިންމީ ސިޓީ ކައުންސިލްގެ މަޝްވަރާ އެއްވެސް ވަރަކަށް ނުހޯއްދަވާ ކަމަށެވެ.