އިދިކޮޅު ލީޑަރު، ރައީސް ޔާމީން ކަފާލާތުގެ ދަށުން މިނިވަންކޮށްދޭން ހައިކޯޓުގައި އެދިވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖަމީލު ވިދާޅުވީ ހައިކޯޓުން ރައީސް ޔާމީނަށް ކަފާލާތު ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެމަނިކުފާނު ޖަލުގައި ހުންނަވަން ޖެހިވަޑައިނުގަންނަވާ ކަމަށެވެ.

ކަފާލާތު ދިނުމުގައި އެމީހެއްގެ މައްޗަށް ކުރެވޭ ތުހުމަތާއި އިސްތިއުނާފުގައި ހުރި ބުރަދަނަށް ބަލާ ކަމަށާއި އެގޮތުން ޔާމީނަށް އިއްވާފައިވަނީ ވަރަށް ގޯސް ހުކުމެއް ކަމަށްވާއިރު މި ހުކުމް ހައިކޯޓުން ނަގާ އެއްލާލާނެ ކަމުގެ ޔަގީން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

”މި މުއްދަތުގެ ތެރޭގައި ރައީސް ޔާމީނަށް ފަނޑިޔާރުންނަށް ދެވެން އޮތް އެންމެ ރަނގަޅު ފަރުވާ އަކީ ކަފާލާތުގެ ދަށުން ގެއަށް ފޮނުވައިދެއްވުން. އެކަން ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް. އުއްމީދަކީ ފަނޑިޔާރުންނަށް އެ ބަސް އިވި ވަޑައިގަންނަވާނެ ކަމަށް.“ ޖަމީލު ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އަންނަ ހަފްތާތެރޭ އިސްތިއުނާފަށް ހުށަހެޅޭ ވަރު ވާނެ ކަމަށް ބެލެވޭ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް