ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާތީ، އެއްވެސް މީހަކު މަގާމުން ވަކި ކުރަން ވިދާޅުވެފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by Asuru

އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު ވަނީ ނަޝީދުގެ ކެމްޕެއިނާ ގުޅިވަޑައިގެން، އެމަނިކުފާނުގެ ކެމްޕެއިން ދަތުރުތަކުގައިވެސް ބައިވެރިވެވަޑައިގަންނަވަން ފައްޓަވައިފައެވެ.

މިކަމާ ގުޅިގެން އަމްރު މަގާމުން ވަކި ކުރަން ރޮޒައިނާ އެންގެވި ކަމަށް ނޫހަކުން ރިޕޯޓް ކުރުމުން، ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި އެދިވަޑައިގަތީ ދޮގު ޚަބަރު ނުފެތުރުމަށެވެ.

”ރައީސުލްޖުމްހޫރިއްޔާގެ ސިޔާސީ މަގާމުގައި ތިއްބަވާ ބޭފުޅުން، ރައީސްއާ ދެކޮޅަށް ނުކުންނަވަންޏާ، ރީތި ގޮތަކީ އަމިއްލައަށް އިސްތިއުފާ ދެއްވުމޭ ބުނީ.“

ވއޭނާ ވަނީ، އަމިއްލައަށް އިސްތިއުފާ ދެއްވުމާ، މަޤާމުން ވަކި ކުރުމުގެ ތަފާތު އެ ޚަބަރު ޖެހި ނޫހަށް ނޭންގެނީތޯވެސް އައްސަވައިފައެވެ.