މާލޭ ސިޓީ ކައުންސިލްގެ މަދަހަ މުބާރާތް 1444 ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

Ads by Asuru
މާލޭ ސިޓީ ކައުންސިލުން ބުނީ މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށެވެ.

މާލެ ސިޓީ ކައުންސިލްގެ ބިއުރޯ (އެމްޑަބްލިޔުއެސްސީ ކަސްޓަމަރ ސަރވިސްގެ 3 ވަނަ ފަންގިފިލާ) އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު އަނބުރާ 2:00އަށް ފޯމު ބަލައިގަންނާނެއެވެ.

މި މުބާރާތުގައި ބައިވެރިވެވޭ ޢުމުރުފުރާތައް:

6 އަހަރުން ދަށް
9 އަހަރުން ދަށް
11 އަހަރުން ދަށް
13 އަހަރުން ދަށް
16 އަހަރުން ދަށް
19 އަހަރުން ދަށް

އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2023 އަށް ދަރިވަރަށް ފުރޭ އަހަރަށް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މި މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ހަމަޖެހިފައިވާއިރު, އެ ނޫން ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވާނެއެވެ. އަދި މިއިން ކޮންމެ އުމުރުފުރައަކުން 1 ވަނަ، 2 ވަނަ، 3 ވަނަ އަށް އަންނަ ދަރިވަރުން ވެސް ހޮވާނެއެވެ.

ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައ މި މުބާރާތަށް އަލަށް ހުށަހަޅާ ޅެމާއި އަމިއްލަ ރާގުގެ ތެރެއިން ވެސް އެންމެ މޮޅު 5 އުފެއްދުން ހޮވައި، 1ވަނަ، 2ވަނަ، 3ވަނަ ހޮވާނެއެވެ.