އެމްޑީޕީގެ ޕްރަމަރީގެ ކެމްޕޭނަށް މާދަމާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިތުރު ދެ އަތޮޅަކަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by Asuru

އެގޮތުން މާދަމާ ހުވަދު އަތޮޅަށް ވަޑައިގަތުމަށް ފަހު، ކެމްޕޭނަށް ފުވައްމުލަކަށް ވެސް ވަޑައިގަންނަވާނެ އިރުއެވެ.

ރައީސް މި ހަފުތާގެ ތެރޭގައި އެންމެ އުތުރުގެ ބައެއް އަތޮޅުތަކަށް ކުރެއްވި ދަތުރު ނިންމަވާލައްވައި މިއަދު މާލެ ވަޑައިގަތީ ލ. އަތޮޅަށް ވަޑައިގެންނެވުމަށް ފަހުއެވެ. ހައްދުންމަތީގެ ދަތުރުގެ ތެރެއިން ހދ. ހދ. އަދި ށ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ވަޑައިގެންނެވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮތީ މި މަހުގެ 28 ވަނަ ދުވަހުއެވެ.