ދިވެހި ރައްޔިތުންނަށް ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙު ”އޯކޭ“ ނޫން ކަމަށް ވިދާޅުވެ، ޕީއެންސީގެ ޕީޖީ ލީޑަރު، އާދަމް ޝަރީފު އުމަރު، ރައީސްއަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by Asuru

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙު ވަނީ، އިދިކޮޅު ލީޑަރު  ރައީސް ޔާމީން އަބްދުލްޤައްޔޫމް އޯކޭ ނޫން ކަމަށާއި އެމަނިކުފާނާ އެކީގައި ކުރައްވާނެ ސިޔާސީ މަސައްކަތެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ޕީއެންސީގެ ނައިބު ރައީީސް، އަދި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް ނުޙައްޤުން ދެމުން ގެންދާ އަނިޔާއާ ދެކޮޅަށް މުޒާހަރާކުރާ އެންމެން ގޮވަނީ ވެސް ރައީސްގެ އިސްތިއުފާ އަށް ކަމަށެވެ.

”ދިވެހި ރައްޔިތުންނަށް އިބޫ އޯކޭއެއް ނޫން. ރައީސް ޔާމީނަށް ނުހައްގުން ދެމުންދާ އަނިޔާއާ ދެކޮޅަށް މުޒާހަރާ ކުރާ އެންމެން ގޮވަނީ އިބޫގެ އިސްތިއުފާ އަށް،“ އާދަމް ޝަރީފު ވިދާޅުވި އެވެ. ”ރަށްރަށުން އިބޫއާ ދެކޮޅަށް އިހުތިޖާޖު ކުރަނީ އަނިޔާވެރިކަން އިންތިހާ އަށް ދިޔައިމަ. ރައީސް ޔާމީން ތިން ފަހަރަށް ޖަލަށް، އިހުތިޖާޖުކުރާ 150 އަށް ވުރެ ގިނަ މީހުން ޖަލަށް.“

އިދިކޮޅުގެ އެއްވުންތަކުގައި ބައިވެރިވަމުން އަންނަ 150އަށްވުރެ ގިނަ މީހުން ޖަލަށްލެވުނުކަން ފާހަގަކުރައްވައި، އާދަމް ޝަރީފު ވަނީ، ރަށްރަށުގައިވެސް ސަރުކާރާ ދެލޮޅަށް ރައްޔިތުން ނުކުންނަނީ ސަރުކާރު އަނިޔާވެރި ވުމުން ކަމަށް ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު  މަހުގެ 25 ވަނަ ދުވަހު، ރައީީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރުމާއެކު އިދިކޮޅުން ވަނީ، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވައިލައި، އަނެއްކާވެސް އަޑު އުފުލަން ފަށައިފައެވެ.