މޫސުން ގޯސް ވުމުން މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފިއެވެ.

Ads by Asuru

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ނެރުނު އެލާޓްގައި ބުނީ ވައިޓް އެލާޓް ދެމިގެން ދާނީ މިރޭ 12 ޖެހުމާއި ހަމައަށް ކަމަށެވެ.

މިއީ މެޓް އޮފީހުން މުޅި ރާއްޖެ އަށް ވައިޓް އެލާޓް މިއަދު ނެރުނު ދެވަނަ ފަހަރެވެ.

މި ދުވަސްވަރަކީ މުޅި ރާއްޖެ އަށް ވެސް މޫސުން ގޯސް ދުވަސްވަރެއް ކަމަށްވާއިރު، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.