ރައީސް މުޙައްމަދު ނަޝީދާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެ ބޭފުޅުންނަކީ ލާދީނިއްޔަތުގެ މޭސްތިރިން ކަަމަށް އައް ޝެއިހު އަބްދުﷲ ސައުދާން ވިދާޅުވެއްޖެއެވެ.

Ads by Asuru

ޝެއިހު ސައުދާން މިހެން ވިދާޅުވެފައިވަނީ އެ ދެ ރައީސުންނަށް ފާޑުވިދާޅުވެ، ކުރެއްވި ޓްވީޓެއްގައެވެ. ޝެއިހު ސައުދާން ވިދާޅުވެފައިވަނީ، އިބްރާހީމްގެފާނާއި، މުހައްމަދުފެ ފާނަކީ ރަސޫލު ބޭކަލުން ކަަމަށާއި، އެއާ ހިލާފަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ލާދީނިއްޔަތުގެ މޭސްތެރިން ކަަމަށެވެ.

އަދި އެ ދެބޭފުޅުންގެ ކިބައިންވެސް ގައުމު ސަލާމަތް ކުރަން ޖެހިފައިވާކަން ޝެއިހު ވަނީ ފާހަގަކުރައްވާފައެވެ. ޝެއިހު މިހެން ވިދާޅުވިއިރު، ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވަނީ ރައީސް ސޯލިހުގެ ނަމުގެ ކުރިއަށް އިންނަ ”އިބްރާހީމް“ މި ނަމުގެ މާތްކަން ބަޔާންކޮށްދެއްވައި، ނުސީދާކޮށް، ރައީސް ސޯލިހު ވަރަށް ބޮޑަށް ދިފާއު ކުރައްވައިފައެވެ.

އެެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ކުރިއަށްދާއިރު، އަދާލަތު ޕާޓީގެ އިލްމުވެރިން ގެންދަވަނީ، ޓްވިޓަރގައި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި، އެމަނިކުފާނު ދިފާއު ކުރައްވަމުންނެވެ.