ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަފާތެއް ނެތް ކަމަށް އެމްއެންޕީގެ ނައިބުރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

Ads by Asuru

ދުންޔާ މިހެން ވިދާޅުވެފައިވަނީ އެމްޑީޕީއަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ދުންޔާ ވިދާޅުވީ ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ތަފާތެއް ނެތް ކަމަށާއި، ވެރިކަން ހިންގުމުގެ ގާބިލުކަމެއް އެ ދެބޭފުޅުންގެ ކިބައިގައިވެސް ނެތް ކަމަށެވެ.

”ގައުމަށް ދަރާފައިވާ މީހުން ސަރުކާރު ހިސޯރުކުރަން ދޫކޮށްލީ. ގައުމުގެ މިނިވަންކަން ބޭރު ބަޔަކަށް ހިލޭ އެހީ ގެ ގޮތުގައި ދެމީހުންވެސް ދިނީ.“ ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ އޭނާ ނިސްބަތްވާ، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ، އެމްއެންޕީގެ ސަރުކާރެއް ހިންގާނީ ގާބިލު މީހުންނާ އެކު ކަމަށެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހޮނިހިރު ދުވަހު އޮންނާނެއެވެ. މިއީ ވަރަށް ފޯރިގަދަ ކެމްޕެއިނަކަށް ފަހުގައި ބާއްވާ އިންތިހާބެކެވެ.