ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން، އެމްއެންޑީއެފް މެޑިކަލް ކޯއަށް އޮކްސިޖަން ސިލިންޑަރުގައި ހަރުކުރާ 20 ރެގިއުލޭޓަރު ހަދިޔާކޮށްފިއެވެ.

Ads by Asuru

މިކަމަށްޓަކައި ބަންޑާރަކޮށީގައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ލެއްވީ މެޑިކަލް ކޯގެ ސާޖަން ޖެނެރަލް، ކާނަލް ޑރ. ޢަލީ ޝާހިދު މުހައްމަދެވެ. އެންޑީއެމްއޭ ފަރާތުން ތަކެތި ހަވާލުކޮށްދެއްވީ އެތަނުގެ ޗީފް އެގްޒެކްޓިވް ހިސާން ހަސަނެވެ.

އެމްއެންޑީއެފް މެޑިކަލް ކޯރގެ ބޭނުންތަކަށް އެންޑީއެމްއޭއިން އޮކްސިޖަން ސިލިންޑަރުގައި ހަރުކުރާ 20 ރެގިއުލޭޓަރު ހަދިޔާ ކުރީ އިމަޖެންސީ ރެސްޕޮންސް ޚިދުމަތްތަކުގައި އެމްއެންޑީއެފް މެޑިކަލް ކޯރގެ ކޭޕަބިލިޓީ އިތުރުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ.