...
Advertisement
މިއަދު ބޭއްވީ، ކޮރަޕްޝަނާ ފަސާދައިގެ ގުންޑާ އިންތިހާބެއް: ބޮންޑެ
މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަކީ ކޮރަޕްޝަނާ ފަސާދައިގެ ގުންޑާ އިންތިޚާބެއްގެ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ ރޭހަށް، އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި، ބޮޑު ތަފާތަކުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ކާމިޔާބު ކުރައްވައިފައެވެ.

ރައީސް ނަޝީދުގެ ފަޅީގައި ހުންނެވި ބޮންޑެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދަށް ތާއީދުކުރާ 39،000 މެމްބަރުން ޕާޓީން ބޭރުކޮށްް، އަދި ބައެއް މެމްބަރުން އެކި ޕާޓީތަކަށް އަރުވާލުމަށްފަހު ބޭއްވި ހަޑިމުޑުދާރު އިންތިޚާބު، ޑިމޮކްރަސީ އަށް ލޯބިކުރާ އެއްވެސް ދިވެހި ރައްޔިތަކު ބަލައި ނުގަންނާނެ ކަމަށެވެ.

Ads by Asuru

ރައީސް ޞާލިޙް އިންތިޚާބު ކާމިޔާބު ކުރެއްވުމާއެކު ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ ޓިކެޓް އެމަނިކުފާނަށް ވަނީ ކަށަވަރު ވެފައެވެ.

މި އިންތިޚާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާއިރު 30،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވެއެވެ.  މި އިންތިޚާބުގައި 243 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

 

Ads by ooredoo maldives