އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި ރައީސް މުޙައްމަދު ނަޝީދުގެ ޓީމުން ބަލި ޤަބޫލު ކުރުމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން، މޫސާ މަނިކު ގޮވައިލައްވައިފިއެވެ.

Ads by Asuru

އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވުމުން މޫސަ ވިދާޅުވީ އޭނާވެސް އެ ޕާޓީގެ ފުރަތަމަ ޕްރައިމަރީން ބަލިވުމުން އެކަން ގަބޫލު ކުރި ކަމަށެވެ.

އެ ޕްރައިމަރީގައި މޫސަ ވާދަ ކުރެއްވީ ރައީސް ނަޝީދާއެވެ.

އިއްޔެ ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 38.90 ޕަސެންޓް ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަަތީ 24،566 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 61.10 ޕަސެންޓް ވޯޓެވެ.