ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ލީޑަރެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Asuru

ކުރެވޭނީ ލީޑަރަކަށް ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމާ ގުޅިގެމް ހޯމް މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސަށް އިޝާރާތް ކުރައްވައި ވިދާޅުވީ ރައީސަކީ ފުރިހަމަ ލީޑަރެއް ކަމަށެވެ.

”މީސްތަކުންގެ ކުރީގައި ހުރެ ލީޑް ކުރެވޭނީ ލީޑަރެއްގެ ފަހަތުގައި ހުރެ ލީޑް ކުރަން އެނގޭ މީހަކަށް.“ އިމްރާން ވިދާޅުވިއެވެ.

އޭނަ ވިދާޅުވެފައި ވަނީ ރައީސަކީ ތަފާތު އެކި ފިކުރުގެ ގިނަ ބަޔަކު ގޮވައިގެން ގައުމު ހިންގޭ ވަރުގެ ބޭފުޅެއް ކަމަށެވެ.

”ތަފާތު ފިކުރުގެ ގިނަ މީހުން ބައިވެރިކޮށް މަޝްވަރާގެ އުސޫލުން ގައުމު ހިންގުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތަށް އެމްޑީޕީގެ އާންމު މެމްބަރުންގެ ތާއީދު އޮތްކަން ސާފުވެއްޖެ.“ އިމްރާން ވިދާޅުވިއެވެ.