މޫދަށް އެރި އުޅުނު ޓޫރިސްޓެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެއެވެ.

Ads by Asuru

މި ހާދިސާ ހިނގާފައި ވަނީ މިއަދު ކ. ތުލުސްދޫ ކައިރީގަ އެވެ. އަންހެނުންނާ އެކީ ރާއްޖެ އަށް އައިސް އުޅުނު ޕޮލެންޑްގެ 52 އަހަރުގެ މީހާ މަރުވީ، ކުޑަވިލިނގިލި ކައިރިން ކަނޑުއޮޅި އަށް މޫދަށް އެރި އުޅެނިކޮށް އޭނާގެ ގައިގެ މަތިން ލޯންޗް ދުއްވާފައި ދިއުމުންނެނެވެ.

މި ހާދިސާގައި އޭނަގެ އެއް އަތް ބުރިވެ، ބަނޑު ކަފައިގެން ގޮސް ގޮހޮރު ވެސް ނުކުމެފައިވެއެވެ. އަދި ފައި ވެސް ވަރަށް ބޮޑަށް ކަފައިގެން ގޮސްފަވެއެވެ.