ސިވިލް ކޯޓުގެ ގާޒީ  ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭސްސީ) އިން ނިންމައިފިއެވެ.

Ads by Asuru

ޖޭއެސްސީން ބުނެފައިވަނީ، ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައެއްގެ އަޑުއެހުންތައް ނިންމާލުމަށްފަހު، މައްސަލައިގެ ޙުކުމް ނުކޮށް 01 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް މައްސަލަ ކުރިއަށްގެންދިޔުމުގައި ފަރުވާކުޑަކޮށްފައިވާކަމަށް ތުހުމަތުކޮށް އެކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާ، އެއީ ޤާޟީ ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް 2023 ޖަނަވަރީ 8 ވީ އާދިއްތަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 2 ވަނަ ޖަލްސާގައި ނިންމާފައި ވާކަމުގައެވެ.

އަދި ޖޭއެސްސީން ހާމަ ކޮށްފައިވަނީ މި ޝަކުވާ ތަޚްޤީޤު ކުރުމަށް އެކޮމިޝަނުން މިހާރު ކޮމިޓީއެއް ވަނީ އެކުލަވާލާފައި ވާކަމުގައެވެ.

މި ތަހުގީގާއި ގުޅޭ އިތުރު ތަފްސީލެއް ޖޭއެސްސީން ހާމަ ކޮށްގފައެއް ނުވެއެވެ.