ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ ދޫކުރައްވައި، ވަޑައިގަންނަވާނެ އެހެން ސިޔާސީ ޕާޓީއެއް ނެތް ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީގައި ރިޔާސީ ޓިކެޓް ލިބިވަޑައިނުގަތުމުން މިއަދު ރައީީސް ނަޝީދު ވަނީ ބަލި ޤަބޫލު ކުރައްވައިފައެވެ.

މިއަދު އެ މަނިކުފާނުގެ ކެމްޕޭން ޓީމްތަކާ އެކީ ދޮންމަނިކު ސްކައި ވިއު ރެސްޓޯރަންޓްގައި ބޭއްވި މެންދުރު ކެއުމުގެ ތެރޭގައި ބައިވެރިންނާ ވާހަކަފުޅު ދައްކަވަމނަޝީދު ވިދާޅުވީ އެމްޑީޕީ ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ނަަމަވެސް ނަޝީދު މިހާރު ބޭނުންވެވަޑައިގަންނަވަނީ އެ މަނިކުފާންގެ ކެމްޕޭން ސްލޯގަންއަކަށް ބޭނުން ކުރެއްވި ”ފިކުރެއްގެ ދިރުން“ ގެ ނަމުގައި އެމްޑީޕީގައި ވަކި ގޮތްޕެއް ހަދައިގެން ކުރިއަށް ވަޑައިގަންނަވާށެވެ.

އެމްޑީޕީ އެކަނި އަޅުގަނޑު ދަންނަ ސިޔާސީ ޕާޓީއަކީ. އަދި އަޅުގަނޑު ދެކޭގޮތުގައި އެއީ އުވޭނެ ޕާޓީއެއް ވެސް ނޫން،“ ނަޝިދު ވިދާޅުވި އެވެ. ”ބަލިވާނެ ޕާޓީއެއް ވެސް ނޫން. އެއީ ގަދަ ޕާޓީއެއް.“

 

ނަޝީދު ވިދާޅުވީ ދުވަހަކު ވެސް އެމްޑީޕީ ދޫނުކުރައްވާނެ ކަމަށެވެ.