އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓްގެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލަން ނިންމައިފިއެވެ.

Ads by Asuru

ޖުޑިޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) އިން މިއަދު ބުނީ ފަނޑިޔާރު ޒިޔާދާ ތާހިރުގެ މައްސަލައެއް ކަމަށެވެ. އޭނަގެ ސުލޫކީ މައްސަލައެއް ބަލަން ނިންމީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގަ އާއި ކޯޓު ހަވާލުވުމުގެ ކަންކަމުގައި އަދި އެ ކޯޓުން ހިންގަން ޖެހޭ ޝަރީއަތުގެ މަޖިލިސްތައް ހިންގުމުގައި ޒިންމާދާރުކަން ކުޑަކޮށް އަމަލުކޮށްފައިވާތީ ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެންނެވެ.

އެހެންވެ ޒިޔާދާގެ މައްސަލަ ސުލޫކީ މައްސަލައެއް ގޮތުގައި ބެލުމަށް ތަހުގީގު ކޮމިޓީއެއް ވެސް ވަނީ އެކުލަވާލައިފައެވެ.