އދ. މާފުށިވަރު ރިސޯޓް ކައިރިއަށް މޫދަށް ފައިބައިގެން އުޅުނު ރ. އިނގުރައިދޫ ޒުވާނަކު މަރުވެއްޖެއެވެ.

Ads by Asuru

މަރުވެފައިވަނީ ޢުމުރުން 18 އަހަރުގެ ރ. އިނގުރައިދޫ، މާހާ، ނިޝާހް ޢަބްދުލް ޣަފޫރެވެ.

ފުލުހުން ބުނީ، އދ. އަތޮޅު މާފުށިވަރު މޯލްޑިވްސް ރިސޯޓުގައި ބޮއިއަޅަން މޫދަށް ފައިބައިގެން އުޅުނު 18 އަހަރުގެ ފިރިހެނަކު ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންދާކަމުގެ މަޢުލޫމާތު ލިބުނީ މިރޭ 18:54 ހާއިރުކަމަށެވެ.

އޭނާއަށް މަހިބަދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.

އަދި މި ހާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.