އިދިކޮޅު ފަރާތްތަކުން ”ބުންވަރު“ ގެ ނަމުގައި ބޮޑު ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

Ads by Asuru

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން ބުނެފައިވާގޮތުގައި މި ހިނގާލުން އޮންނާނީ، އަންނަ މަހުގެ ތިނެއް ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ޖަހާއިރުއެވެ. އަދި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.

މިއީ އިދިކޮޅުން ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ”ހޯޕް ކޮންފަރެންސް“ ގެ ތެރެއިން ކުރިއަށް ގެންދެވޭ ހަރަކާތެކެވެ. މި ހިނގާލުމުގައި، އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރަން ގޮވާލާނެއެވެ.

އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.