ހުއްދަ ނޫން ތަނަކަށް ވަން އަންހެނަކު ކޯޓަށް ހާޒިރުކުރަން އޭނާ ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

Ads by Asuru

ފުލުހުން ބުނީ މާލޭ ހެންވޭރު ރީދޫގޭ މަރްޔަމް ރިޒްމީން، 31، ހޯދަނީ އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މިއަދު ހެނދުނު 9:15 އަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.

އެހެންވެ އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރަން ފުލުހުން އެދިފައިވެއެވެ.