އާދައިގެ ބާވަތްތައް ބޭނުންކޮށްގެން ތައްޔާރު ކުރާ ބަޓަރކޭކަކީ ދިވެހީންގެ ތެރޭގައި ވައިގައި ހިފައި، އެތައް ބަޔަކަށް ވަރަށް ބޮޑަށް ކަމުދާ މީރު ކޭކެއްގެ ގޮތުގައި މީހުންގެ މެދުގައި މަޝްހޫރުވެފައި އޮންނަތާ ޒަމާންތަކެއް ވެއްޖެއެވެ. ނަަމަވެސް ކޮންމެ ކޮންމެ ބަޓަރ ކޭކެއް އަދި މީރު ނުވެދާނެއެވެ. ކޭކުގެ ރަހައަށް ބަދަލު ނާންނަ، ކަސްޓަމަރުން ފޫހި ނުވާނެ، އަދި ގިނައިން ގަންނަން ބޭނުންވާނެ ކޭކެއް އެޅުމަކީ ކޮންމެ ކޮންމެ މީހަކަށް ވާނެ ކަމެއްވެސް ނޫނެވެ.

Ads by Asuru

”ޓްރޭބޭކްސް“ގެ ބަޓަރ ކޭކު މިހާރު އަންނަނީ، އެންމެންގެ ހިތްތައް ފަތަހަ ކުރަމުންނެވެ. ކަަސްޓަމަރުންގެ ލޯބި ހޯދަމުން އަންނަ މި ކޭކުތައް އާއްމުންނަށް ފޯރުކޮށްދިނުމުގެ މޭސްތިރިއަކީ  ހީވާގި މަންމައެކެވެ.  މި ވިޔަފާރިއެއް ކުރިއަށް ގެންދިޔުމަަށް އެ މަންމައަށް އެހީތެރިވަނީ އަންހެން ދަރިފުޅާއި، އެ ދަރިފުޅުގެ ފިރިމީހާއެވެ. މަސައްކަތް ފަށައިގަތުމަށް ފިރިމީހާއާ ދެ ދަރިންގެ އެއްބާރުލުންވެސް ލިބުނުމެއެވެ.

 

ޓްރޭބޭކްސްއިން ވިއްކާ ބަޓަރ ކޭކު

ކުރުގޮތަކަށް ބުނާނަމަ، މަންމަގެ މާލިމީކަމުގެ ދަށުން، ”ޓްރޭބޭކްސް“ގެ ވިޔަފާރި ކުރިއަރުވަމުން އަންނަނީ މި ކުޑަ ކުޑަ އާއިލާ ގުޅިގެންނެވެ. އިންސްޓެގްރާމް ޕޭޖަށް ދޫކޮށްލާ ޕޯސްޓުތައް އެޑިޓްކޮށްދެނީ، ގްރެފިކް ޑިޒައިނަރެއްގެ ގޮތުގައި މަސައްކަތް ކުރާ ފިރިމީހާއެވެ.

ޓްރޭބޭކްސް ވުޖޫދުވުމުގެ ކުރިން، މި ކޭކުގެ މީރު ރަހަ ލިބެމުން ދިޔައީ ހަމައެކަނި އާއިލާއާ ގާތް ރަހްމަތްތެރިންނަށެވެ. އަމިއްލައަށް އީޖާދު ކުރި ރެސިޕީއަށް، އެއްވެސް ބަދަލެއް ނައިސް، ކޭކު ރަހަ ބަލާ އެންމެންވެސް އުފާ ކުރުވާތީ، މިކަން ވިޔަފާރިއެއްގެ ގޮތުގައި ފެށުމަށް ހިޔާލު ދިނީ، ފިރިމީހާއެވެ. އޭނާ އަކީ ވިޔަފާރިކުރާ މީހަކަށް ވުމުން، ފިހާރައަށް ކޭކުތައް ވިއްކަން ލުމަށްފަހުގައި، ޑިމާންޑް އޮންނަވަރު ބެލީއެވެ. އުއްމީދު ކުރި ގޮތަށް، ކޭކުތައް ކަސްޓަމަރުންނަށް ކަމުދިޔައެވެ.

 

ޓްރޭބޭކްސްގެ ކަޕްކޭކު: ފޮޓޯ/ ފުޑީސް

އެހެންނަމަވެސް މާކެޓު ބޮޑު ކުރަން ހުރަހަކަށްވީ، ޓްރޭބޭކްސްގެ ބާނީގެ ދެ އަންހެން ކުދިން ތައުލީމު ހާސިލު ކުރުމަށް ރާއްޖެއިން ބޭރަށް ދިޔުމުންނެވެ. ގާތްގަނޑަކަށް ހަ އަހަރު ފަހުން ދަރިން އެނބުރި އައުމުން، ވިޔަފާރި ފުޅާ ކުރުމަށް މަސައްކަތް ފެށި، މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 16 ވަނަ ދުވަހު އިންސްޓެގްރާމް ޕޭޖެއް ހަަދައިގެން، ކޭކުތައް އިޝްތިހާރު ކުރަން ފެށިއެވެ. މިކަންވީ، ގިނަ މީހުންގެ މެދުގައި މި ބަޓަރ ކޭކު މަގުބޫލުވާން ހުޅުވުނު ދޮރަކަށެވެ.

މި ބަޓަރ ކޭކު ތަފާތު ވަނީ ކީއްވެ؟

މިއީ ހަމަ އެންމެ ހާއްސަ ބަޓަރކޭކެވެ. ކަސްޓަމަރުން ބުނަނީ މި ކޭކު ކެއުމުން، ޅައިރު ކައިއުޅުނު ބަޓަރ ކޭކު މަތިން ހަނދާން ކުރުވާ ކަަމަށެވެ. އަދި ކޭކުގެ ރަހަ މީރުވެފައި، މަޑުކޮށް ”ފްލަފީ“ކޮށް ހުންނަ ހުރުންވެސް، ގިނަ މީހުންނަށް ކަމުދެއެވެ. މި ކޭކު އަޅަން ބޭނުންކުރާ އެންމެ މުހިންމު އިންގްރީޑިއަންޓަކީ ލޯތްބާއި، ފަރުވާތެރިކަމެވެ.

ކޮންމެ ކޭކެއް އަޅަން ބޭނުންވާ ބާވަތްތައް އަޅަނީ ރަނގަޅަށް މިނައިގެންނެވެ. ރަހައަށް ކުޑަ ބަަދަލެއްވެސް ނާންނާނެ ގޮތަށެވެ. ކޭކު މާ ބޮޑަށް ފިހެނުލައި، އަދި ރަނގަޅަށް ނުފިހެވި ހުރުން ފަދަ ކަމެއް ދިމާނުވާ ވަަރަށް، ކޮލެޓީ މަސައްކަތެއް ކުރުމަށް ޓްރޭބޭކްސްއިން އިސްކަންދެއެވެ. ޓްރޭބޭކްސްގެ ބަޓަރކްރީމް ކަޕްކޭކުވެސް މާބޮޑަށް ފޮނި ގަދަވެ، ނުވަތަ ފޮނި މަޑުވުން ފަދަ މައްސަަލައެއް ދިމާ ނުވާނެކަމުގެ ޔަގީންކަންވެސް ޓްރޭބޭކްސްއިން ދެއެވެ.

 

ޓްރޭބޭކްސްގެ ކަޕްކޭކް– ފޮޓޯ/ ފުޑީސް

ޓްރޭބޭކްސްއިން ދެން ލިބެނީ ކޯޗެއް؟

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުޅާކުރަމުން އަންނަ މި ވިޔަފާރީގެ ދަށުން ބަޓަރ ކަޕް ކޭކް، ބަޓަރ ކްރީމް ކަޕްކޭކް، އެޑިބަލް ޕްރިންޓް ކޭކުގެ އިތުރުން ކުކީސްވެސް ވިއްކައެވެ. ޓްރޭބޭކްސްގެ ކޭކު ގަނެގެން، އެހެން ބޭކަރުންވެސް، ވަގުތު ސަލާމަތްކޮށް، އެ ކޭކުތައް ޑެކަރޭޓްކޮށްގެންވެސް ވިއްކައެވެ. މިއީ ކަސްޓަމަރުންނަށް އެންމެ އަވަހަށް، އަދި ރަނގަޅަށް ހިދުމަތްދޭން ބޭނުންވާ ބޭކަރުންނަށް ކުރެވިދާނެ މުހިންމު ކަމެއް ކަަމަށް ޓްރޭބޭކްސްއިން ދެކެއެވެ. ބަޓަރ ކޭކަށް ބޮޑެތި އޯޑަރުވެސް ޓްރޭބޭކްސްއިން ނަގައެވެ. ނަމަވެސް މިފަދަ އޯޑަރުތައް ކުރީބައިގައި ދިނުމަކީ އެދެވިގެންވާ ކަމެކެވެ.

ޓްރޭބޭކްސްގެ އަމާޒު ރާއްޖެއިން ބޭރަށް:

ކަމެއް ކާމިޔާބު ކުރުމަށް ގަދައަޅައި މަސައްކަތް ކުރުމަކީ ކާމިޔާބީގެ ތަޅުދަނޑިއެވެ. ޓްރޭބޭކްސްގެ ކޭކުތައް މުޅި ރާއްޖެއަށް ޑެލިވަރކޮށް، ރާއްޖެއިން ބޭރުންވެސް، މިކޭކުތަކަށް ސަމާލުކަން ހޯދުމަކީ އުއްމީދެއް ކަމަށް މި ނޫހަށް ކިޔައިދިނެވެ.

އަދި އެހެން ބޭކަރުންނާ ގުޅިގެން ކަސްޓަމަރުންނަށްޓަކައި ތަފާތު ޑެޒަޓް މެނޫތައް ތައާރަފުކޮށް، ބޭރުގެ ފެއާތަކުގައި މި މީރު ކޭކުތައް ދައްކާލުމުގެ ފުރުސަތަކަށްވެސް ޓްރޭބޭކްސްއިން އިންތިޒާރު ކުރެއެވެ.

ކޭކު ވިއްކާ އައުޓްލެޓްތައް އެކި ތަންތަނުގައި ހުޅުވައި ރިސޯތްތަކަށް ސަޕްލައި ކުރުމުގެ ހުވަފެންވެސް ޓްރޭބޭކްސްއިން އަންނަނީ ދެކެމުންނެވެ. ވިޔަފާރީގައި މިހާތަނަށް ލިބުނު ކާމިޔާބީގެ ހުރިހާ ކްރެޑިޓެއް، ޓްރޭބޭކްސްއިން ދެނީ ލޮބުވެތި ކަސްޓަމަރުންނަށާއި، ހެޔޮ އެދޭ ފަރާތްތަކަށެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ކަސްޓަމަރުން ލިބުމަކީ ޓްރޭބޭކްސްއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

މި މީރު ބަޓަރ ކޭކު ރަހަ ބަލާލުމަށް ނުވަތަ އޭގެ ކޭކެއް އަމިއްލައަށް ޑެކަރޭޓް ކޮށްލައިގެން ކާންވިޔަސް، ނުވަތަ މީހަކަށް ހަދިޔާ ކުރަން ނުވަތަ ވިއްކަން ވިޔަސް، އަވަހަށް އޯޑަރު ދޭށެވެ.  މިއޮތީ ޓްރޭބޭކްސްގެ އިންސްޓެގްރާމް ޕޭޖުގެ ލިންކެވެ.