ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޫނަށް ކުޅުޖަހާ މީހަކަށް 50000 ރުފިޔާގެ އިނާމެއް ހުށަހެޅުމުން ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ މިރޭ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.
މުސްތަފާ ރޭ ފަހުން ކުރެއްވި ޓްވިޓެއްގައި ބުނެފައިވަނީ މިރޭ 9:45 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ.
މުސްތަފާގެ ޓްވިޓަރ އެކައުންޓުން އިއްޔެ ކުރެއްވި ޓްވިޓެއްގައި ވަނީ ރައީސް ސޯލިހްގެ މޫނަށް ކުޅުޖެހި މީހަކަށް 50000 ރުފިޔާގެ އިނާމެއް ދޭނެކަމަށެވެ.

ފުލުހުން ބުނީ، ރައީސްގެ މޫނަށް ކުޅުޖަހާ މީހަކަށް 50000 ރުފިޔާ ދޭނެކަމަށް ބުނެ މުސްތަފާ ކުރި ޓްވިޓްގެ މައްސަލަ ސަމާލުކަމަށް އައިސްފައިވާކަމަށާއި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Ads by Asuru