ތުރުކީ އާއި ސީރީއާ އަށް މިދިޔަ ހޯމަ ދުވަހު އައި ވަރުގަދަ ބިންހެލުންތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު 15،000 އަށް އަރައިފިއެވެ.

Ads by Asuru

ތުރުކީން އެކަނި ވެސް 12،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ދެ ގައުމުން އަދިވެސް އިތުރުވުމުގެ ފުރުސަތު ބޮޑެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމާއި މަރުވެފައިވާ މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރިއަށްދާ އިރު، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން އިއްޔެ ވަނީ ބިންހެލުން އައި ސަރަހައްދުކަށް ވަޑައިގެން ހާލަތު ވެސް ބައްލަވާލައްވައިފައެވެ.

މި ހާދިސާ ކުރިމަތިވީ ފިނި މޫސުމާ ވެސް ދިމާކޮށް ކަމަށްވާތީ ސްނޯ އާއި ވިއްސާރައިގެ ގަދަފިނީގެ ދަތިކަން ވެސް ކުރިމަތިވެފައިވެއެވެ.