ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމު އުވާލައި، އެ ޕާޓީގެ އެންމެ އިސް މަގާމަށް ރައީސަކު ހަމަޖެއްސުމަށް އެ ޕާޓީގެ އަސާސީ ގަވައިދު އިސްލާހު ކުރުމަށް ހުށަހެޅި ހުށަހެޅުން ފާހެއް ނުވިއެވެ.

Ads by Asuru

މިގޮތަށް ނިންމީ ޖޭޕީގެ ކޮންގްރެސް އަށް ހުށަހަޅަން ފެންނަ އިސްލާހުތަކާ ގުޅޭގޮތުން މިއަދު ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.

ޖޭޕީ ވުޖޫދުވީއްސުރެ ލީޑަރުގެ މަގާމު ފުރުއްވަމުން ގެންދަވަނީ ގާސިމް އިބްރާހިމްއެވެ. ޖޭޕީގެ ރައީސްކަމުގައި މިހާރު ހުންނެވީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

ޖޭޕީގެ ކޮންގްރެސް ކުރިއަށްގެންދާނި މި މަހުގެ 24 އިން 25އަށެވެ. ކޮންގްރެސްގައި އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން އަމަލުކުރާނެ ގޮތެއް ނިންމާނެއެވެ.

ޖޭޕީގެ ކޮންގްރެސްގައި ބައިވެރިވާނީ އެޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނާއި އެ ޕާޓީގެ ސްލޮޓްތަކުގައި ތިއްބެވި ވަޒީރުންނާއި މިހާރު އެ ޕާޓީގެ ކައުންސިލްގައި ތިބި މެންބަރުންނާއި ދާއިރާތަކުގެ ރައީސުންނެވެ.