މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން، މާލޭގައި ކަދުރު ރުއް އިންދަން ފަށައިފިއެވެ.

Ads by Asuru

އެގޮތުން ކަދުރު ރުއް އިންދުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހަމަޖެހިފައިވަނީ އިންޑަސްޓްރިއަލް ވިލެޖް (ކަޅުތުއްކަލާކޮށީ) ކުރިމަތީގައެވެ.

ކަދުރު ރުއް އިންދަން ފެށުމަށް ބޭއްވި ހަރަކާތާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުގެ ޕްލޭނަކީ ރިންގް ރޯޑްގައި އެކީ އެކައްޗަކަށް ކަދުރު ރުއް އިންދުން ކަމަށެވެ.

ކަދުރު ރުއްތައް އިންދާ ނިމުުމުން، ވަރަށް ރީތި، ހިތްގައިމު މަންޒަރެއް ފެނިގެންދާނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

”ދެން ވަަރަށް ރީތި، ހިތްގައިމު މަންޒަރެއްގެ ގޮތުގައި ފެންނާނެ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ޕްލޭން ކޮށްފައި މިިއޮތީ، 200 ކަދުރު ރުށް އިންދުމަށް.“ މޭޔަރު ވިދާޅުވިއެވެ.

އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމަކީ މާލެ ސިޓީ ފެހި ކުރުމުގެ ގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފެށިގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރަގްރާމްގެ ދަށުން މިހާރުވެސް ވަނީ މާލޭގައި އަނބު ގަސް އިންދާފައެވެ.

މާލެ ސިޓީ ކައުންސިލްގެ މިދައުރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމު ހިމަނާ އެކަމަށް ބޭނުންވާ ގަސްތައް ގެނެސްފައިވަނީ އަތޮޅު ތެރޭގެ ބައެއް ރަށްތަކުގެ އިތުރުން ރާއްޖެއިން ބޭރުންނެވެ.