ކެމްބޯޑިއާގައި ނުވަ އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ދޫނި ރޯގާ ޖެހިގެން އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުނެފިއެވެ.

Ads by Asuru

ރޫރަލް ޕްރޭ ވެންގް ޕްރޮވިންސަށް ނިސްބަތްވާ އެ އަންހެން ކުއްޖާއަށް އެޗް5އެން1 ވައިރަސް ޖެހިފައިވާކަން އެނގުނީ މިދިޔަ ބުދަ ދުވަހުއެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަރަށް ބޮޑަށް ހުން އައުމާއި ކެއްސުމާއި ކަރުގައި ރިއްސާތީ އޭނާ ވަނީ ބަލިވެފައެވެ.

ކެމްބޯޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އޭނާގެ ބައްޕަ ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އިތުރު 11 މީހަކު ޓެސްޓު ކޮށްފައިވާ ކަމަށެވެ.

ބުރާސްފަތި ދުވަހު ހެލްތު މިނިސްޓަރު މަމް ބުންހެންގް ވިދާޅުވީ މިއީ 2014 ވަނަ އަހަރުގެ ފަހުން ކެމްބޯޑިއާގައި އެޗް5އެން1 ސްޓްރެއިންގެ އިންސާނުންނަށް ފެނުނު ފުރަތަމަ އިންފެކްޝަން ކަމަށެވެ.