ބެލްޖިއަމް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޑިޑިއަރ ވެންޑަރހެސްލްޓް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް  އަރުވައިފިއެވެ.

Ads by Asuru

އިއްޔެ ބޭއްވި މި ރަސްމިއްޔާތު އޮތީ އީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތައް ފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ، ބެލްޖިއަމްގެ އާސަފީރާ ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެފައެވެ.

އަދި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ މެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި، އިޢާދަކުރަނިވި ހަކަތައާއި، ފަތުރުވެރިކަމާއި، ބައިނަލްއަޤްވާމީ ވިޔަފާރީގެ ދާއިރާއިން އެއްބާރުލުންދީ ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، އާ ސަފީރުގެ ދައުރުގައި ކާމިޔާބީއަށް އެދިވަޑައިގެން، ކުރިޔަށް އޮތް މުސްތަޤުބަލުގައިވެސް އެކުގައި މަސައްކަތް ކުރެއްވުމުގެ ޝައުޤުވެރިކަން ފާޅު ކުރައްވާފައެވެ.