އޮޅުވާލައިގެން މުދާ އެތެރެކޮށް، ވިއްކަމުން ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Asuru

ފުލުހުން ބުނީ މައްސަލައިގައި ހައްޔަރުކުރި މީހަކީ އެކި ޤައުމުތަކުގެ ކުންފުނިތަކުން ރާއްޖެއަށް މުދާ އެތެރެކޮށް، އެ މުދަލުގެ އަގު އަދާކުރުމުގެ ގޮތުން އެފަރާތްތަކަށް ސައްޙަ ނޫން ޓެލެގްރަފިކް ޓްރާންސްފަ (ޓީޓީ) ފޮނުވަމުން ދިޔަ މީހެއް ކަމަށެވެ.

އަދި އޭނާ ދިޔައީ މަކަރާއި ހީލަތުން އޮޅުވާލައިގެން މުދާ އެތެރެކޮށް، އެ މުދާ ރާއްޖޭގައި ވިއްކަައި މަންފާ ހޯދަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރި މީހާ އަކީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓުން މިހާރު އަންނަނީ އިތުރަށް ދަނީ ތަހުގީގުކުރަމުންނެވެ.