ދަރިން ދީނީ ކަންކަމަށް އަހުލުވެރި ކުރުވުމަށްޓަކައި، ކުރިއަށް މިއޮތް ރަމަޟާން މަހުގައި އެ ކުދިންނަށް ދީނީ ކަންކަން އުނގަންނައިދީ، އަޅުކަމަށް އަހުލުވެރި ކުރުވުން މުހިންމެވެ.

Ads by Asuru

މިކަމަށް އެދޭ ބެލެނިވެރިންނަށް އެހީތެރިވުމުގެ ގޮތުން ބަނާތުން ތައާރަފު ކޮށްފައިވާ ރަމަޟާން ޕެކު ދަރިންނަށް ހޯދައިދިނުން އެއީ، ހަމަ ޔަގީނުންވެސް ފައިދާ ކުރުވާނެ ކަމެކެވެ. މިއީ ޕްރިންޓް ކޮށްގެން، 150 ރުފިޔާއަށް ވިއްކާ ޕެކެކެވެ. މި ޕެކު، މާލޭގެ ކޮންމެ ހިސާބަކަށްވެސް އަދި ބޯޓުތަކަށްވެސް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.

މި ޕެކުގައި ރޯދަމަހުގެ ކަލަންޑަރު، ސްޓިކަރއާއެކުގައި ހިމެނެއެވެ. ނަމާދު ޗާޓާއި، އަޅުކަމުގެ ޗާޓުގެ އިތުރުން، ބައެއް ދުޢާއާ ޒިކުރުވެސް މި ޕެކުގައި ހިމެނެއެވެ.

ނަމާދު ޗާޓަކީ ކޮންމެ ނަމާދެއް ކުރުމަށް ފަހު ކުލަ ޖައްސާ ގޮތަށް އިންނަ ޗާޓެކެވެ. ކަލަންޑަރު އިންނާނީ ސްޓިކާ ޝީޓަކާ އެއްކޮށެވެ.

 

ބޭނުން ކުރާނެ ގޮތުގެ މިސާލު:

މި ފަރުމާ ކޮށްފައިވަނީ ”ޑޭ 1“ ގައި ”ވަން“ ޖަހާފަ އިން ސްޓިކާ ތަތްކުރާ ކަހަލަ ގޮތަކަށް

އަޅުކަމުގެ ޗާޓަކީ، އޭގައިވާ އަޅުކަންތައް ކުރުމަށް ފަހު ފާހަގަ ލާން ޖެހޭ ޗާޓެކެވެ.

ޒިކުރާއި ދުޢާގެ ކާޑަކީ ކުދިން ކޮންމެ ދުވަހަކު ވެސް ކިޔާލަން ތައްޔާރުކޮށްލާފައިވާ ކާޑެކެވެ.

ދަސްކޮށްދިނުމަށް ޓަކައި ލެމިނޭޓު ކުރުމަށް ފަހު ފާރުގައި ހިއްޕިދާނެއެވެ.