ދިވެހިރާއްޖޭގައި މީހުން ދިރިއުޅެނީ ކިތައް ރަށުގައިކަން ފޮރިން މިނިސްޓަރު ޝާހިދަށް އެނގިވަޑައިނުގަތުމުން ވަރަށް ގިނަ މީހުންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

Ads by Asuru

ޝާހިދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ރާއްޖޭގައި މީހުން ދިރިއުޅެނީ 250 ރަށުގައި ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭން ނިންމުމަށް އައްޑޫ ސިޓީ ހިތަދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ވަނީ ރާއްޖޭގައި މީހުން އުޅޭ ރަށްތަކުގެ އަދަދު ނުބައިކޮށް ވިދާޅުވެވިފައެވެ.
އެގޮތުން އެމަނިކުފާު ވަނީ ރާއްޖޭގެ 357 ރަށެއްގައި ފުލެޓު އަޅައި ނިމިއްޖެ ކަމުގައި ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ކެންދޫ ދާއިރާގެ މެންބަރު އަލީ ހޔސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް އަދި ހާރިޖީީ ވަޒީރަށް ވެސް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދު އެނގިވަޑައިނުގަތުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

ރާއްޖޭގައި މީހުން ދިރިއުޅެނީ 187 ރަށުގައެވެ.