އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ، ކ. ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑީގެ ބައި-އިލެކްޝަނަށް އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކަށް ޢަލީ އާރިފު ހަމަޖެހިއްޖެއެވެ.

Ads by Asuru

އާރިފަކީ ގުރައިދޫގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި މީހެކެވެ.

އޭނާއަށް ޓިކެޓް ލިބުނީ ބައި-އިލެކްޝަންގައި ވާދަކުރަން އެމްއެންޕީން ހުޅުވައިލި މުއްދަތު އިއްޔެ ހަމަވި އިރު، އޭނަ އެކަނި ކުރިމަތިލުމުންނެވެ. އެހެންވެ ޕްރައިމަރީއަކާ ނުލައި އާރިފު 47، އަށް ޓިކެޓް ލިބުނީއެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ މަހުގެ 15 ގައެވެ. މި އިންތިޚާބު ބާއްވަނީ އެ ދާއިރާގެ މެމްބަރަކަށް ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ.

މި ބައި-އިލެކްޝަންގައި އެމްއެންޕީގެ އިތުރުން، ޕީޕީއެމާ އެމްޑީޕީ ވެސް  ވާދަ ކުރާނެއެވެ.