އަނެއްކާ ވެސް ރާއްޖެ އަށް ޗުއްޓީ އަށް އައި ޓޫރިސްޓަކު މަރުވެއްޖެއެވެ.

Ads by Asuru

އއ. ރަސްދޫގައި ޑައިވް ކުރަން ފޭބި ޓޫރިސްޓް މަރުވީ މިއަދު ހެނދުނު ގެނބިގެންނެވެ.

މަރުވީ މަޑިވަރު ޑައިވިން ޕޮއިންޓަށް ފޭބި އިނގިރޭސިވިލާތުގެ 46 އަހަރުގެ ފިރހެން ޓޫރިސްޓެކެވެ. އޭނަ ގެނބުމާ ގުޅިގެން ރަސްދޫގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ތަނުން ބުންޏެވެ.

ފުލުހުން އަންނަނީ ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

މިދިޔަ ހަފުތާގައި ދެ ޓޫރިސްޓަކު މަރުވެފައިވެއެވެ.