ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަ ދުވަހާ ހަމައަށް ފިހާރަތައް ދަންވަރު 1 ޖަހަންދެން އަދި ކެފޭ/ރެސްޓޯރެންޓްތައް ދަންވަރު ތިނެއް ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށް އެކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

Ads by Asuru

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ރޯދަމަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަން ވާނީ އެ ދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދުއެވެ.

އަދި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަން ވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދުއެވެ.

މިނިސްޓްރީން ވަނީ މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުން އެ ގޮތަށް އަމަލު ކުރަމުން ގެންދިއުމަށް އެދިފައެވެ.

މީގެއިތުރުން މާދަމާއިން ފެށިގެން ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހުގެ ނިޔަލަށް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30 އިން މެންދަމު 1:00 އަށް ކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.