ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ހުޅުވާލައިފިއެވެ.

Ads by Asuru

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އެ މަގާމަށް ބޭނުންވާ އަދަދަކީ އެކެއް ކަމަށާއި ޝައުގުވެރިވާ ގާޒީންނަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 4 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ގާޒީގެ އަސާސީ މުސާރަ އަކީ 30،000ރ.އެވެ.

މީގެ އިތުރުން ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000ރ. އާއި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300ރ. ލިބޭނެ އެވެ. އަދި މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ވެސް ލިބޭނެ އެވެ.

ޖޭއެސްސީން ބުނީ ގާޒީގެ މަގާމަށް އެޕްލައި ކުރާނީ ފަހިރެސް ޕޯޓަލް apply.jsc.gov.mv މެދުވެރިކޮށް ކަމަށެވެ.

ޖޭއެސްސީން ވަނީ އެ ކޯޓުގެ އިސް ގާޒީކަމަށް ކުރިމަތިލުމަށްވެސް ހުޅުވައިލާފައެވެ. މި މަގާމަކީ ކްރިމިނަލް ކޯޓަށް އައްޔަންކޮށްފައިވާ، އެ ކޯޓުގައި މަސައްކަތް ކުރަމުންގެންދާ ފަނޑިޔާރުންނަށް ހުޅުވާލެވިފައިވާ ފުރުސަތެއް ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.

މި މަގާމަށް ހޮވޭ ފަރާތްތަކުގެ މުސާރައަކީ 31,000ރ. ކަމަށް ޖޭއެސްސީން ބުނެފައި ވެެއެވެ. އަދި އިނާޔަތްތަކުގެ ގޮތުގައި ލިވިންގ އެލަވެންސްއަށް 15،000ރ. ރިސްކް އެލަވެންސްގެ ގޮތުގައި 3،300ރ ލިބޭނެއެވެ.

އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންސުރެންސް އާއި ފޯން އެލަވެންސް ލިބޭނެއެވެ.

މި މަގާމަށް އެދި ހުށަހަހަޅުއްވާނީ 3 އޭޕްރިލް 2023 ވަނަ ދުވަހުގެ 12:00 ގެ ކުރިން ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ. އަދި މި މަގާމަށް އެދި ކުރިމަތިލާނީ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް ބުނެފައި ވެއެވެ.