މި އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ މިއަންނަ ބުރާސްފަތި ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅައިފިއެވެ.

Ads by Asuru

ރަމަޟާލް މަހުގެ ހަނދާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަދު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ ގިނަ ގައުމުތަކަށްވެސް 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ނުފެންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާތީ އާއި ދުނިޔޭގެ އެއްވެސް އިސްލާމީ ގައުމަކަށް މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުވެފައިވާ ކަމުގެ ރަސްމީ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

އެހެންވެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރަން ރާއްޖޭގައި އަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތީން މާދަމާއަކީ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި އަންނަ ބުރާސްފަތި ދުވަހަކީ ރަމަޟާން މަހުގެ އެއްވަނަ ދުވަސް ކަމުގައި ކަނޑައަޅާ ކަމަށެވެ.

ބުރާސްފަތި ދުވަހު ރޯދަމަސް ފެށޭއިރު އެ ދުވަހު ސަރުކާރުގެ ހުރިހާ އޮފީހެއް ބަންދުވާނެ އެވެ. ރޯދަމަހު ސަރުކާރުގެ އޮފީސްތައް ހުޅުވާނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ.