ދަށުވުމަށްވުރެ، ބާކީވުންވެސް މާ ރަަނގަޅު ކަަމަށް ވިދާޅުވެ، ”އިންޑިއާ އައުޓް“ ކެމްޕެއިނާ ދެކޮޅަށް ފަށާފައިވާ ”ބާކީނުވޭ“ ކެމްޕެއިނަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ފާޑުވިދާޅުވެއްޖެެއެވެ.
އޭނާ މިހެން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ. އިންޑިއާގެ ދިފާއުގައި ފަށާފައިވާ ކެމްޕެއިނުގެ ބައިވެރިން ބޭނުން ކުރަމުން އަންނަ ހޭޝްޓެގަކީ ”ބާކީނުވޭ“އެވެ.
ޓްވިޓަރގައި މި ހޭޝްޓެގް ބޭނުންކޮށްގެން ޓްވީޓް ކުރަމުން އަންނަ ފަރާތްތަކުން ބުނަމުން ދަނީ ކޮވިޑް-19ގެ ޕެންޑެމިކްގެ ތެރޭގައި އިންޑިއާއަށް ގޮސް ބޭސްފަރުވާ ކުރުމުގެ ފުރުސަތު ދިން ކަމަށާއި، ކެންސަރު ފަދަ ބަލިތަކަށް ފަރުވާ ހޯދުމުގައި ދިވެހިން ބަރޯސާ ވަނީ އެގައުމަށް ކަމަށެވެ. އަދި އިންޑިއާއަށްޓަކައި ޝުކުރުވެރިވާ ކަމަށްވެސް ބުނެފައިވެއެވެ.
މި ކެމްޕެއިނާ ދެކޮޅަށް މޮސްޓާ ކުރެއްވި ޓްވީޓެއްގައި ވަނީ ދަށުވުމަށްވުރެ ބާކީވުންވެސް މާ ހިތަށް ފަސޭހަ ކަމަށް ވިދާޅުވެފައެވެ.
”އަދި މިނިވަން ކަމުގެ އިހުސާސް ކުރެވި މިނިވަން ޖައްވެއްގައި އުޅުމުން އެލިބޭ ހިތްހަމަޖެހުން ބޮޑުވާނެ. އިންޑިޔާ ސިފައިން ޖެހެނީ ރުހުނަސް ނުރުހުނަސް މި ފަސްގަނޑުން ފައިބަން. ހަމަ ޔަގީނުންވެސް ދިވެހި ރައްޔިތުން ނިކުމެ ބޭރު ކުރާނަން.“ އޭނާ ވިދާޅުވިއެވެ.
ދަށުވުމަށް ވުރެބާކީ ވުންވެސް މާހިތަށް ފަސޭހަވާނެ. އަދި މިނިވަން ކަމުގެ އިހުސާސް ކުރެވި މިނިވަން ޖައްވެއްގައި އުޅުމުން އެލިބޭ ހިތްހަމަޖެހުން ބޮޑުވާނެ.
އިންޑިޔާ ސިފައިން ޖެހެނީ ރުހުނަސް ނުރުހުނަސް މި ފަސްގަނޑުން ފައިބަން. ހަމަ ޔަގީނުންވެސް ދިވެހި ރައްޔިތުން ނިކުމެ ބޭރު ކުރާނަން..— Mohamed Nasheed Abdulla ( MosTaaA ) (@MNA_MosTaaA) May 26, 2022
އިންޑިއާގެ ދިފާއުގައި ކެމްޕެއިނެއް ފަށާފައި މިވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ކުރިއަށް ގެންދާ ”އިންޑިއާ އައުޓް“ ކެމްޕެއިން ވަރުގަދަ ވެފައިވަނިކޮށެވެ. މި ކެމްޕެއިން ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގަރާރެއް ނެރުއްވައިފައެވެ.
ޗައިނާވެސް އައުޓު މޮސްޓާވެސް އައުޓު އިންޑިއާވެސް އައުޓު މުލިވަގުވެސް އައުޓް ދެއްތޯ